Media cover image

18-11-2024

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން އިންތިޒާމްކުރި ދާލަން އެކްސްޕޯ ގައި ޕެންޝަން އޮފީހުން ބައިވެރިވެއްޖެއެވެ.

ނޮވެންބަރު 15 އިން 16 އަށް ހުޅުމާލޭ ސެންޓްރަލް ޕާރކުގައި ކުރިއަށް ދިޔަ މި އެކްސްޕޯގައި އެކި ދާއިރާތަކަށް ނިސްބަތްވާ އޮފީސްތަކާއި ކުންފުނިތަކާއި މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ސްޓޯލްތަކުން ވަނީ އެކްސްޕޯއަށް ޒިޔާރަތްކުރި ފަރާތްތަކަށް އެކި ދާއިރާތަކުގައި ހުރި ވަޒީފާ އަދި ތައުލީމުގެ ފުރުސަތުތަކާ ބެހޭ މުހިންމު މައުލޫމާތުތައް ދީފައެވެ.

މި އެކްސްޕޯގައި "ބްރިޖިންގ ދަ ސްކިލް ގެޕް"، މި މައުޟޫއަށް ހާއްސަ ކުރެވުނު ޕެނަލް ޑިސްކަޝަންގައި ޕެންޝަން އޮފީހުގެ ފަރާތުން ޑިރެކްޓަރ، އިންވެސްޓްމަންޓް އެންޑް ރިސަރޗް، އާމިނަތު އިރުތިޔާޝާ ވަނީ ބައިވެރިވެ މާލީ ދައިރާގައި ޒުވާނުންނަށް ހުރި ފުރުސަތުތަކަށް އަލި އަޅުވާލައިފައެވެ.

އޮފީހުގެ އެޑްރެސް

އެލައިޑް ބިލްޑިންގ (8ވަނަ ފަންގިފިލާ), ޗާނދަނީ މަގު, މާލެ, 20156, ދިވެހިރާއްޖެ

ގުޅުއްވާ

ގުޅުއްވުމަށް1441އީމެއިލްinfo@pension.gov.mvރިސެޕްޝަން ޚިދުމަތްތައް : 08:00 - 14:00
އެހެނިހެން ޚިދުމަތްތައް: 08:00 - 16:00

ޕެންޝަން މޯބައިލް އެޕް

Download on App StoreGet it on Play Store